ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަންނަން "އަތޮޅު މޮޑިއުލް" ތައާރަފުކޮށްފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެވޭ ނިޒާމެއް "އަތޮޅު މޮޑިއުލް" ގެ ނަމުގައި ތައާރަފްކޮށްފި އެވެ. އިމިގްރޭޝަންގައި އޮތް ރަސްމިއްޔާތެއްގައި މި ނިޒާމު ތައާރަފުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރ...

25 Feb 2020 | 08:50

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެވޭ ނިޒާމެއް "އަތޮޅު މޮޑިއުލް" ގެ ނަމުގައި ތައާރަފްކޮށްފި އެވެ.

އިމިގްރޭޝަންގައި އޮތް ރަސްމިއްޔާތެއްގައި މި ނިޒާމު ތައާރަފުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

މި ހިދުމަތް އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީގައި އެވެ. އަތޮޅު މޮޑިއުލްގައި އެރަށެއްގައި މަސައްކަތް ކުރަން ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ޖަމާކުރެވިފަ ހުންނާނެ އެވެ. އެ މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

އިމިގްރޭޝަނުން ބުނީ މި ވިއުގަ އިންނާނީ އިމިގްރޭޝަންގެ ބިދޭސީންނާއި ބެހޭ ވިއުގައާއި ގުޅާލެވިފައިކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ގަވަައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަންނަން އިމިގްރޭޝަނަށް ފަސޭހަވުން ކަމަށް ބުނެ އެވެ. އަދި އެ ރަށެއްގައި އުޅޭ ބިދޭސިންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންކަން ކައުންސިލަށްވެސް ދެނެގަނެވޭނެ އެވެ.

އެ އިދާރައިން ބުނީ މި ނިޒާމް އަންނަ ޖޫން މަހުގެ ތެރޭގައި އިތުރަށް ހަރުދަނާވާނެ އެވެ. އެގޮތުން އެ ނިޒާމަށް ބަޔޯމެޓްރިކްސްގެ ގާބިލްކަން އިތުރު ކުރެވޭނެ އެވެ.

އޭރުން އެ ބިދޭސީއެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެ ބިދޭސީ މީހާގެ ސަހްޝު ދެނެގަނެވޭނެ އެވެ. އަދި މޫނުގެ ސިފަ ބޭނުން ކޮށްގެން ސްމާޓް ފޯނު މެދުވެރިކޮށް އެމީހާގެ ސަހްޝު ދެނެގަނެ އެމީހާއަށް ރާއްޖޭގަ އުޅުމަށް ދޫކުރެވިފައިވާ ހުއްދައިގެ މައުލޫމާތު ދެނެގަނެވޭނެ އެވެ.

އިމިގްރޭޝަނުން ބުނީ މި ނިޒާމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ލާމަރުޒަކީ ކުރުމުގެ ނިޒާމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް