ދުނިޔޭގައި ހިސާބުު އިލްމުގެ ރޮނގުން އެންމެ ކުރިއަރާފައިވާ ސައިންސްވެރިންގެ ތެރޭގައި ހިމެނޭ ކެތަރިން ޖޯންސަން މަރުވެއްޖެ އެވެ.
އޭނާ މަރުވީ އުމުރުން101 އަހަރުގައި އިއްޔެ އެވެ.
ކެތަރިން އަކީ1969 ވަނަ އަހަރު ނީލް އާމްސްޓްރޯންގް ހަދަން ދިޔަ އެޕޯލޯ11 ހަނދަށް ވާސިލްވާށާއި އެނބުރި އަންނާނެ ދުވަހާއި ވަގުތު، ކަނޑައެޅި ހިސާބު އިލްމުވެރިޔާއެވެ. އޭނާ އާއި އެކު އެ މަސައްކަތުގައި އިތުރު ދެ އަންހެން ސައިންސްވެރިން އޭރު ބައިވެރިވި އެވެ.
އެކަމަކު އެމީހުންގެ ނަން2017 ވަނަ އަހަރާ ހަމައަށް ދަންނަ މީހަކު ދުނިޔޭގައި ވަރަށް މަދެވެ. އެއަހަރު އެ ތިން މީހުންގެ ނަން ވިދާލީ "ހިޑްން ފިގާސް" ގެ ނަމުގައި ކެތަރިން އާއި އޭނާގެ ދެ އެކުވެރިންގެ މަސައްކަތް އަސްލަކަށް ބަލައި ހޮލީވުޑްގައި ފިލްމެއް ހެދުމުންނެވެ.
މި ފިލްމު ރިލީޒް ކުރި އިރު ދުނިޔޭގައި ހުރީ އެ ތިން މީހުންގެ ތެރެއިން ކެތަރިން އެކަންޏެވެ. މި ފިލްމު އޮސްކާގެ ގިނަ ބައިތަކަކަށް ވާދަ ކުރިޔަސް އެއްވެސް އެވޯޑެއް ނުލިބެ އެވެ. އެކަމަކު އެ ހަފްލާއަށް އޭނާ ގޮސް ސްޓޭޖަށް އެރުވި ހިސާބުން މުޅި ދުނިޔެއަށް އޭނާ މަޝްހޫރުވި އެވެ.
އޭގެ ފަހުން އޭރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެމެރިކާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑެލް އޮފް ފްރީޑަމް، ކެތަރިންއަށް އަރުވާފަ އެވެ.
ކެތެރެއިންގެ ހިދުމަތުގެ އަަގު ވަޒަންކުރުމުގެ ގޮތުން ނާސާއިން 2017 ގައި ވަނީ، އެ އެޖެންސީގެ ވަކި ސެންޓަރަކަށް އޭނާގެ ނަމުން ނަން ދީފަ އެވެ. "ކޮމްޕިއުޓާސް" މި ނަން ވެސް އަސްލު އުފެދުނީ ކެތެރެއިން އާއި އޭނާގެ އަންހެން އިލްމުވެރިންނަށް ނިސްބަތްކޮށެވެ.
އޭނާގެ ނަން މަޝްހޫރުވެގެން ގޮސްފައި ނުވަނީ އެއީ އެމެރިކާގެ ކަޅު ނަސްލުގެ މީހަކަށްވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް