އިއްޔެ ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ރަންގޫން" ރިލީޒް ކޮށްފައިވަނީ ދެފަހަރު ސެންސަރު ބޯޑަށް ހުށަހަޅަިއގެން ފާސް ކުރުމަށް ފަހު އެވެ.
މީގެ މަހެއްހާ ދުވަސްކުރިން ފުރަތަމަ ފިލްމު ސެންސަރު ބޯޑަށް ފޮނުވުމުން ފިލްމު ފާސްވެފައި ވަނިކޮށް ޕްރޮޑަކްޝަން ޓީމުން އަމިއްލައަށް ވަނީ 70 ޝޮޓް ނުވަތަ ފިލްމުން 13 މިނިޓު ކަނޑާލުމަށް ފަހު އަލުން ސެންސަރު ބޯޑަށް ހުށަހަޅާފައި އެވެ. ސެންސަރު ބޯޑުގެ އޮފިޝަލުން ވަނީ ފަހުން ހުށަހެޅި ފިލްމު މާ ރީތި ކަމަށް ބުނެފައި އެވެ.
އެކަމަކު "ރަންގޫން"ގައި ލީޑްރޯލް ކުޅޭފައިވާ އަންހެން ތަރި ކަންގަނާ ރަނާވަތު މިހާރު ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައި އެވެ. އެއީ ކަނޑާލި ގިނަ ޝޮތްތަކަކީ އޭނާ ފެނިގެންދާ ޝޮޓްތަކަކަށް ވާތީ އެވެ. ކަންގަނާ ބުނީ އޭނާގެ ގިނަ ޝޮޓްތަކެއް ކެނޑިކަން އެނގުނީ ފަހުން ކަމަށާއި، ފިލްމުގެ ޓީމުން އެހެން ހެދުމުން އުންމީދު ކެނޑިއްޖެ ކަމަށެވެ.
އޭނާ ބުނީ ބެލުންތެރިން އެކަން ބަލައިގެންނާނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ކަނޑާލާފައިވާ ޝޮޓްތަކަކީ ކަންގަނާގެ އެކްޓިން ވަރަށް ރަނގަޅަށް ފެނިގެންދާ އޭނާއަށް މުހިންމު ޝޮޓުތަކެއް ކަމަށެވެ.
އެކަމަކު ފިލްމު ބެލި ހުރިހާ މީހުން ވެސް އަންނަނީ ކަންގަނާ ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންް އަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އަދި ފިލްމުގައި ވެސް އެންމެ ތަފާތު ކަމަކަށް ފެނުނީ ކަންގަނާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ކަންގަނާއި އާއި އެކު މި ފިލްމުގައި ފެނިގެން ދަނީ ސައިފް އަލީ ހާން އާއި ޝާހިދު ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް