ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންތިއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.
އިންތިއަށް މަރުގެ އިންޒާރު ދީފައިވަނީ ވައިބާ މެދުވެރިކޮށް އުރީދޫ ނަމްބަރަކުންނެވެ. އެ މެސެޖުގައި ބުނެފައިވަނީ ވަޅިހަރައި މަރާލާނެ ކަމަށެވެ.
މީގެ ކުރިން އިންތިގެ ގަޔަށް ވަނީ ގެއިން ނިކުންނަނިކޮށް ކަޅުތެޔޮވެސް ޖަހާފައި އެވެ. އެ މައްސަލައިގަ އިންތި ވިދާޅުވެފައިވަނީ އެ ގޭ ކައިރީ ހުރި ސީސީޓީވީ ކެމެރާ ފުޓޭޖު ބެލުމުން އެކަން ކުރި މީހެއް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ފުލުހުންނަށް އެމީހަކު ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޭތެރެ ދޭތެރެއިން މަޖިލީހުގެ މެންބަރުންނަށް ދަނީ މަރުގެ އިންޒާރު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް