ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަނީ

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފް އިން ބުނީ ހޯދަމުން ދަނީ 12 މީހުންނާއި އެކު މަސްވެރިކަމަށް ނުކުތް "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏެއް ކަމ...

24 Feb 2017 | 19:46

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހޯދަމުން ދަނީ 12 މީހުންނާއި އެކު މަސްވެރިކަމަށް ނުކުތް "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ކުރީ މިއަދު ހަވީރު 5:55 ހާއިރު އެވެ.

ދޯނީގެ ވެރިފަރާތާއި ހަވާލާ ދީ އެމްއެންޑީއެފުން ބުނީ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޭރު ދޯނި އޮތީ ކ. ދިއްފުށީ ބޭރުގައި ކަމަށް ވެ އެވެ.

އެއީ ދިގު މިނުގައި 87 ފޫޓު ހުންނަ ދޯންޏެކެވެ. ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދެވެ.

އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އެނޫން ފަރާތަކުން "ބްލޫ ފިޝް 1" ދޯންޏާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ  ކޯސްޓްގާޑަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް