ބައެއް ރަށް ރަށުގެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ 36 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން ބޭނުންވާކަން ހާމަކޮށްފައެވެ.
މީގެ ތެރެއިން ރަށު ކައުންސިލަށް އެސްޖީން ހޯދަން އިއުލާނު ކޮށްފައި ވަނީ 31 ކައުންސިލަކަށެވެ. އަދި އަތޮޅު ކައުންސިލް އިދާރާއަށް އެސްޖީން ހޯދަން އިއުލާނު ކޮށްފައިވަނީ 5 ކައުންސިލަކަށެވެ.
އެސްޖީން ހޯދަން ބޭނުންވާ ކަމަށް އިއުލާނު ކޮށްފައިވާ ރަށު ކައުންސިލް އިދާރާތައް:
1. ކަނޑިތީމު ކައުންސިލްގެ އިދާރާ
2. ފޭދޫ ކައުންސިލްގެ އިދާރާ
3. މަރޮށީ ކައުންސިލްގެ އިދާރާ
4. ހެނބަދޫ ކައުންސިލްގެ އިދާރާ
5. ފޮއްދޫ ކައުންސިލްގެ އިދާރާ
6. ވާދޫ ކައުންސިލްގެ އިދާރާ
7. ރަސްގެތީމު ކައުންސިލްގެ އިދާރާ
8. ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
9. ރަސްމާދޫ ކައުންސިލްގެ އިދާރާ
10. އޭދަފުށީ ކައުންސިލްގެ އިދާރާ
11. ކިހާދޫ ކައުންސިލްގެ އިދާރާ
12. ހުރާ ކައުންސިލްގެ އިދާރާ
13. މާޅޮހު ކައުންސިލްގެ އިދާރާ
14. ފެންފުށީ ކައުންސިލްގެ އިދާރާ
15. ކުނބުރުދޫ ކައުންސިލްގެ އިދާރާ
16. ފުލިދޫ ކައުންސިލްގެ އިދާރާ
17. ތިނަދޫ ކައުންސިލްގެ އިދާރާ
18. ފެލިދޫ ކައުންސިލްގެ އިދާރާ
19. ރަކީދޫ ކައުންސިލްގެ އިދާރާ
20. ރަތްމަންދޫ ކައުންސިލްގެ އިދާރާ
21. މުލަކު ކައުންސިލްގެ އިދާރާ
22. ނާލާފުށީ ކައުންސިލްގެ އިދާރާ
23. މަޑުއްވަރީ ކައުންސިލްގެ އިދާރާ
24. ދަރަނބޫދޫ ކައުންސިލްގެ އިދާރާ
25. ރިނބުދޫ ކައުންސިލްގެ އިދާރާ
26. މާއެނބޫދޫ ކައުންސިލްގެ އިދާރާ
27. ވިލުފުށީ ކައުންސިލްގެ އިދާރާ
28. ވަންދޫ ކައުންސިލްގެ އިދާރާ
29. ގާދިއްފުށީ ކައުންސިލްގެ އިދާރާ
30. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
31. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ސެކްރެޓަރީ ޖެނެރެލް އިން ހޯދާ އަތޮޅު ކައުންސިލްތައް:
1. ށ. އަތޮޅު ކައުންސިލް އިދާރާ
2. ނ. އަތޮޅު ކައުންސިލް އިދާރާ
3. ކ. އަތޮޅު ކައުންސިލް އިދާރާ
4. ވ. އަތޮޅު ކައުންސިލް އިދާރާ
5. މ. އަތޮޅު ކައުންސިލް އިދާރާ
ސީއެސްސީން ބުނީ އެ މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، އަންނަ މަހުގެ 12ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 9 ވަނަ ދުވަހާ ދެމެދު ކަމަށެވެ.
އަދި އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި ކަމަށާއި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ “ވީޑިއޯ ކޮންފަރެންސް” މެދުވެރިކޮށް ކަމަށް ސީއެސްސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން ތިން ދުވަހާއި 15 ދުވަސް ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)” އާންމުކޮށް ފެންނާނެހެން އެ އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެ ކަމަށް ސީއެސްސީން ހާމަކުރެއެވެ.
އަދި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް އެ އިދާރާއަށް ހުށަހަޅަންވާނެ ކަމަށް ސީއެސްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް