އެމްޕީއެލް އިން މިފްކޯއަށް ކޮންޓެއިނާ އުފުލާ ވެހިކަލެއް ވިއްކައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބަރު ކޮންޓެއިނާތައް އުފުލަން ބޭނުންކުރާ ވެހިކަލް "ރީޗް ސްޓޭކާ" މިފްކޯއަށް ވިއްކާލައިފި އެވެ. އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ...

25 Jan 2021 | 17:26

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބަރު ކޮންޓެއިނާތައް އުފުލަން ބޭނުންކުރާ ވެހިކަލް "ރީޗް ސްޓޭކާ" މިފްކޯއަށް ވިއްކާލައިފި އެވެ.

އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.

މިފްކޯއިން މި ވެހިކަލް އެމްޕީއެލް އަތުން ގަނެފައި ވަނީ  1.6 މިލިއަން ރުފިޔާ އަށެވެ. މިއީ  5 އަހަރު ތެރޭގައި ފައިސާ ދައްކާ ހަލާސްކުރާ ގޮތަށެވެ.

ދުނިޔޭގެ ބާޒާރުގައި އާ ރީޗް ސްޓޭކާއެއް ލިބެން ހުންނާނީ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އަށެވެ.

ރީޗް ސްޓޭކާ މިފްކޯއަށް ވިއްކާލީ މިފްކޯ އިން އެކަމަށް އެދުމުން މިފްކޯގެ ހާލަތަށް ބަލާފައި ކަމަށް ޝާހިދު އަލީ ވިދާލުވިއެވެ. އަދި ވިދާޅުވީ ރީޗް ސްޓޭކާއަކީ އެމްޕީއެލުން ބޭނުންކޮށްފައިވާ، ވެހިކަލަކަށް ވިޔަސް އެ ވެހިކަލަކީ މި ވަގުތުވެސް ވަރަށް ރަނގަޅު ހާލަތެއް ގައި އޮތް ވެހިކަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް