އިދިކޮޅު ކޯލިޝަނުން ބާއްވާ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

އިދިކޮޅު ކޯލިޝަނުން ބާއްވާ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި އެވެ. ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ މި ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިހަފްތާގ...

24 Dec 2020 | 16:49

އިދިކޮޅު ކޯލިޝަނުން ބާއްވާ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ މި ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިހަފްތާގެ ތެރޭގައި ކަމަށެވެ.

ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު މިޖަލްސާގެ އެންމެބޮޑު މަޤްސަދަކީ ރައްޔިތުންގެ ގެއްލެމުންދާ ހައްގުތައް ހޯދުމަށް އަޑު އުފުލުމާއި، ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ރައްޔިތުންނަށް ހާމަކުރުން ކަމަށެވެ.

އެހެންވެ، މިޖަލްސާއަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އޭނާ ވަނީ ދައުވަތު ދެއްވާފަ އެވެ.

"މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިމެދު ސަރުކާރުން ކުރަމުންދާ އެކި އެކި ކަންކަން ހާމަކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް. މިޖަލްސާގައި މި ކޯލިޝަންގެ އިސްސަފުގައި ހަރަކާތްތެރިވާ ހުރިވާ ބޭފުޅުން ބައިވެރިވާނެ. އަދި މާލޭގެ އެކި ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުންވެސް ބައިވެރިވާނެ." ޝުޖާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި މީގެ ކުރިން ވެސް ވަނީ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުންވަނީ ހުއްޓުވައި އެސަރަހައްދުގައި ޖަލްސާ ނުބޭއްވޭނެކަމަށް އަންގާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ މިހާރު ދީފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިފަދަ ހަރަކާތްތައް ހިންގުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް