ކ. ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4:39 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން ނިވާލެވުނީ 5:37 ހާއިރު އެވެ.
އެ ދެ ދޯނީގައި އަލިފާން ރޯވީ އޭގެ ތެރެއިން އެއް ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި އެވެ. ދޯނީގައި އަލިފާން ރޯވުމުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ ވާ މުހާލައި ކަނޑަށް ދެ ދޯނި ދޫކޮށްލާފައި އެވެ.
މި ހާދިސާގައި އަލިފާން ރޯވެ ދެ މީހަކު ވަނީ ފިހިފައި އެވެ. އެމީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
ފިހިފައިވަނީ ދިވެއްސަކާއި ބިދޭސީ އެކެވެ. އޭގެ ތެރެއިން ބޮޑަށް ފިހިފައިވަނީ ދިވެހި މީހާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް