ތ.ދިޔަމިގިލީގައި "ފަތިސް ފޮޅި އަންޑަރ 16 ފުޓްސަލް ކަޕް 2020"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތަކީ އެ ރަށު ޓީމް ފަތިސް ފޮޅި އިން އިންތިޒާމް ކޮށްގެން 16 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާނީ 16 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. މި އުމުރުފުރައިގެ ހަތަރު ޓީމެއް މި މުބާރާތުގައި ވާދަކުރާނެއެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވާ ޓީމް ތަކަކީ:
- ތަރި
- ލޭނާރު
- މަތިވަރު
- ތީރު
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27 ން 31ގެ ނިޔަލަށް، ތ.ދިޔަމިގިލީ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގައި ބައިވެރިވާ ހަތަރު ޓީމަށްވެސް ޖާރޒީ ބައި ހަމަޖައްސައި ދީފައިވަނީ ސްޕޮންސަރުންގެ ދީލަތިއެހީއާއިއެކު މުބާރާތް އިންތިޒާމް ކުރާ ފަތިސް ފޮޅީގެ ފަރާތުންނެވެ.
ޓީމް ފަތިސް ފޮޅިން މައުލޫމާތު ދޭ ގޮތުގައި މިމުބާރާތުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ. އެގޮތުން ކައުސިލުން ދެމުންގެންދާ މިފަދަ އެއްބާރުލުމަށް އެފަރާތަށް ހާއްޞަ ޝުކުރު ދަންނަވާކަމަށް ވެސް އެފަރާތުން ބުނެއެވެ.
ޓީމް ފަތިސް ފޮޅިން މައުލޫމާތު ދޭ ގޮތުގައި މިމުބާރާތް ބޭއްވުމުގެ މަޤްސަދަކީ ފުޓުބޯޅައަށް އާކުޅުންތެރިން އުފެއްދުމަށްޓަކައި ކުދިންގެ ޅަ އުމުރުން ފެށިގެން އެކުދިންނަށް ފުޓުބޯޅަ ކުޅެން ހިތްވަރުދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް