އޭއެމްސީއެފްސީ: ފައިނަލްގައި ޑީޑީއެފް ދި ޖެނެރޭޝަންއާއި އަކިރިކޮޅު އެސްސީގެ ކުރިމަތިލުމެއް

ލ. މާވަށުގައި މިހާރު ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020 ފުޓްސަލް މުބާރާތުގެ ފައިނަލުގައި ޑީޑީއެފް ދި ޖެނެރޭޝަންއާއި އަކިރިކޮޅު އެސްސީ ކުރިމަތިލާން ޖެހިއްޖެއެވެ. ޑީޑީއެފް ދި ޖ...

24 Dec 2020 | 09:13

ލ. މާވަށުގައި މިހާރު ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020 ފުޓްސަލް މުބާރާތުގެ ފައިނަލުގައި ޑީޑީއެފް ދި ޖެނެރޭޝަންއާއި އަކިރިކޮޅު އެސްސީ ކުރިމަތިލާން ޖެހިއްޖެއެވެ.

ޑީޑީއެފް ދި ޖެނެރޭޝަން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލު މެޗުގައި ޑީޑީއެފް ނިއު ޖެނެރޭޝަން އާއި ވާދަކޮށް 1-10 ގެ ބޮޑު ނަތީޖާ އަކުން މޮޅުވެގެންނެވެ. އަދި އަކިރިކޮޅު އެސްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ލާމު ބްލޫސްއާއި ވާދަކޮށް 3-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޑީޑީއެފް ދި ޖެނެރޭޝަން މުބާރާތަށް ފައިނަލަށް ދަތުރުކުރި ގޮތް:

ގްރޫޕް ސްޓޭޖް:

ޑީޑީއެފް ދި ޖެނެރޭޝަން- ފޯކަސް:3-1

ޑީޑީއެފް ދި ޖެނެރޭޝަން- އަކިރިކޮޅު އެސްސީ:0-1

ޑީޑީއެފް ދި ޖެނެރޭޝަން- އެމްވައި:10-1

ޑީޑީއެފް ދި ޖެނެރޭޝަން- ޓީކޭ:6-1

ސެމީ ފައިނަލް:

ޑީޑީއެފް ދި ޖެނެރޭޝަން- ޑީޑީއެފް ނިއު ޖެނެރޭޝަން:10-1

އަކިރިކޮޅު އެސްސީ މުބާރާތުގެ ފައިނަލް ދަތުރުކުރި ގޮތް

ގްރޫޕް ސްޓޭޖް:

އަކިރިކޮޅު އެސްސީ- އެމްވައި:5-2

އަކިރިކޮޅު އެސްސީ- ޑީޑީއެފް ދި ޖެނެރޭޝަން:1-0

އަކިރިކޮޅު އެސްސީ- ޓީކޭ:2-1

އަކިރިކޮޅު އެސްސީ- ފޯކަސް:8-1

ސެމީ ފައިނަލް:

އަކިރިކޮޅު އެސްސީ- ލާމު ބްލޫސް:4-3

އަކިރިކޮޅު އެސްސީ އަދި ޑީޑީއެފް ދި ނިއުޖެނެރޭޝަން މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، މި ދެޓީމަކީ ވެސް ގުރޫޕް އޭގައި ހިމެނުނު ދެޓީމެވެ.

މި ދެޓީމުް ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި މި ދެތީމު ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަކިރިކޮޅުު އެސްސީންނެވެ.

މުބާރާތުގެެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. ފައިނަލްް މެޗުގެ ކުޅުން ފަށާނީ އެރޭ 21:00 ގައެވެ.

މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް