މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭރުގެ ތަޖުރިބާކާރެއް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަމަޖައްސާފައިވަނީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ގްރިންޑަލް އެވެ.
އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.
ލޮޔަޑް ބޭންކިން ގްރޫޕުގައި މަސައްކަތް ކުރައްވާފައިވާ ޖޯން ވަނީ މޯލްޓާ ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ.
އެ އޮފީސް އުފެއްދެވުމަށްފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެތަނުގެ އެކްޓިންގ ސީއީއޯއަކަށް އެންމެ ފުރަތަމަ އައްޔަނުކުރައްވާފައިވަނީ ފަރީހާ ޝަރީފެވެ.
އެ އޮފީހުގެ ފުރަތަމަ ސީއީއޯއެއްގެ ގޮތުގައި އައްޔަނުކުރެއްވީ ގިނަ އަހަރުތަކެއް ވަންދެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ހުސައިން މަނިކެވެ.
2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހައިހިސާބަށް ވެސް އެ މަގާމުގައި ހުންނެވީ މަނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް