ފުލުހުން ތަހުގީގު ކުރަމުން އަންނަ މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދާ މީހެއް ކަމަށެވެ.
އެ އިދާރާ އިން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމިން މިއާ (40އ)، ޕާސްޕޯޓް ނަންބަރު BY0942817 ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅައި، ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް