އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި

ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގ...

24 Dec 2020 | 06:01

ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިމަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އުނގޫފާރުގައި 16،488 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކުރާނެ އެވެ. އަދި 43 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އުނގޫފާރު މަގުތަކުގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިމަޝްރޫއު އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާ އަށެވެ

މަޝްރޫ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް