ޝިޔާމަށް ދައުވާ ކުރަނީ ބަދަލު ހިފަން: އާދަމް ޝަރީފު

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނެފި އެވެ. ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އޭސީސީ ...

24 Dec 2020 | 05:09

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނެފި އެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އަށް މައްސަލަ ފޮނުވީ ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު (ޝާކިރުބެ) ގިނަ ދުވަސްތަކެއް ވަންދެން ވިލިނގިލީގެ ސިފައިންގެ މަރުކަޒުގައި ދިރިއުޅުއްވުމުންނެވެ.

ދައުވާ ކުރަން ފޮނުވުމުން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޭޖާ ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ނިންމީ ބަޣާވާތް ނާކާމިޔާބު ކޮށްލުމުން ބަދަލުހިފަން ކަމަށެވެ. އަދި އެ ސިލްސިލާއަށް އިތުރުވި ބޮޅެއް ކަމަށެވެ.

އާދަމް ޝަރީފުގެ ޓުވީޓުގައި އެއީ ކޮން ބަޣާވާތެއްކަން ވިދާޅު ނުވިޔަސް ބެލެވޭ ގޮތުގައި އެއީ އެކެއް ފެބްރުއަރީ 2018 ގައި ހިނގާދިޔަ ސިޔާސީ ހަމަ ނުޖެހުންކަމަށް ބެލެވެ އެވެ. އެ މައްސަލައިގަ އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އިދިކޮޅަށް ތާއީދުކުރި އިރު މޭޖާ ޝިޔާމް ހުންނެވީ އޭރުގެ ރައީސް ޔާމީންގެ ސަރުކާރާއި އެއްކޮޅަށެވެ.

މިއީ މި މައްސަލަ އޭސީސީން ބެލި ދެ ވަނަ ފަހަރެވެ. އެމައްސަލަ ބެލުމަށްފަހު ފުރަތަމަ ނިންމީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ.

އެކަމަކު މައްސަލަ އަލުން ބަލަން ޕީޖީ އިން އެންގުމުން އަލުން ބެލުމަށްފަހު ޝިޔާމްގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުން އެދި އިއްޔެ އޭސީސީ އިން ވަނީ ޕީޖީ އަށް މައްސަލަ ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް