ލަންކާގެ މައްތަލަ އެއާޕޯޓަށް މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތަކެއް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތަކެއް ބާއްވަން ފަށައިފި އެވެ. މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަކީ ލަންކާގެ ބ...

24 Dec 2020 | 02:33

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތަކެއް ބާއްވަން ފަށައިފި އެވެ.

މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަކީ ލަންކާގެ ބަނދަރުމަތީ ރަށް ހަމްބަންޓޯޓާއާ ވަރަށް ކައިރީގައި އޮންނަ އެއާޕޯޓެކެވެ. ދަތުރުތަކާއި ގުޅޭގޮތުން އެ އެއާޕޯޓުން ކުރި ޓުވީޓެއްގައި ބުނީ އެ ދަތުރުތަކަކީ ސީފާރާސް އަށް ހާއްސަކޮށް ކުރާ ދަތުރުތަކެއް ކަމަށެވެ.

މި ދަތުރުތަކަކީ ލަންކާ ސަރުކާރުން މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓަރު ކޮށްގެން ކުރާ ޝެޑިއުލް ދަތުރުތަކެކެވެ. މި ދަތުރުތައް އިއްޔެއިން ފެށިގެން އެއް މަސް ދުވަސް ވަންދެން ކޮންމެ ހަފްތާއަކު ދެ ފަހަރު ކުރާނެ އެވެ.

ލަންކާގެ ޓޫރިސްޓު މާކެޓަށް ހާއްސަ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ މޯލްޑިވިއަންއިން އެ އެއާޕޯޓަށް ދަތުރުތައް ފެށުމާއި ގުޅިގެން މަރުހަބާ ކިޔާފައި އެވެ.

https://twitter.com/MRIA_SriLanka/status/1341645528912650240

ސްރީލަންކާއަކީ މޯލްޑިވިއަން އިން ޝެޑިއުލް ދަތުރުތައް ކުރާ ގައުމެއް ނޫނެވެ. އެކަމަކު އެ ގައުމުގެ ވެރިރަށް ކޮލަމްބޯގެ ކައިރީގައި އޮންނަ ރަތުމަލާނާ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ ދަތުރުތައް އަންނަ އަހަރު ފެށޭނެ ކަމަށް އެ އެއާލައިނުން އުއްމީދު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް