އިތުރު 52 މީހުން ޕޮސިޓިވްވެ ކޯވިޑަށް ފަރުވާދޭ މީހުންގެ އަދަދު 1،000 ން މައްޗަށް

ކޯވިޑް-19 އަށް އިތުރު52 މީހުން ޕޮސިޓިވްވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 45 މީހުންނާއި ރިސޯޓުތަކުން ހަތް މީހުން ކަމަށެވެ. މިއަދު ކޯވިޑަށް 1،851 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އަދި މިހާތ...

24 Nov 2020 | 18:10

ކޯވިޑް-19 އަށް އިތުރު52 މީހުން ޕޮސިޓިވްވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 45 މީހުންނާއި ރިސޯޓުތަކުން ހަތް މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް 1،851 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އަދި މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 234،712 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

މިއަދު ކޯވިޑަށް ޕޮސިޓިވްވި މީހުންނާއި އެކު މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު އަނެއްކާވެސް ވަނީ 1،000 އިން މައްޗަށް އަރާފައި އެވެ އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއި މިހާރު 1،097 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން 95 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 11،660 މީހުން ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 46 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 12،810 މީހންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް