މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލް ކުރާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަަކައެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލް ކުރާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މިވާހަކަތައް ފަތުރަމުންދަނީ ސޯޝަލް މީޑިއާގައި އެވެ. މޯލްޑިވ...

24 Nov 2020 | 16:04

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލް ކުރާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މިވާހަކަތައް ފަތުރަމުންދަނީ ސޯޝަލް މީޑިއާގައި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ދަތުރުތަކަށް އެއްވެސް ބަދަލެއް އައިސްފި ނަމަ އެކަން މޯލްޑިވިއަންއިން ދަތުރު ކުރާ ފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ. އައި ދަތުރުތަކަށް ބަދަލެއް އައިސްފި ނަމަ ނުވަތަ ފްލައިޓަކަށް މައްސަލައެއް ދިމާވެގެން ދަތުރު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މޯލްޑިވިއަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ދިވެހި މީޑިއާ މެދުވެރިކޮށް އަންގަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށް މޯލްޑިވިއަންއިން ޑޮމެސްޓިކް އެއާޕޯޓުތަކަށް ކުރާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލި އެވެ.

އެކަމަކު އޭގެ ފަހުން ވަނީ އަލުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފަށާފައިވެ އެވެ.

އަދި ދަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމަށް މާލެއިން ޗެކިންވުމާއި އޮންލައިން ޗެކިންގެ ހިދުމަތްވެސް ދަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް