ރުގްޔާގެ ނަމުގައި ޖިންސީ އަނިޔާ ލިބުނު އާއިލާގެ ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުން

ރުގްޔާގެ ނަމުގައި ޖިންސީ އަދި ނަފްސާނީ އަނިޔާ ލިބެމުންދިޔަ ހަތަރު މައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. މެދުރާއްޖެ ތެރޭގެ ރަށެއްގައި މ...

24 Nov 2020 | 15:46

ރުގްޔާގެ ނަމުގައި ޖިންސީ އަދި ނަފްސާނީ އަނިޔާ ލިބެމުންދިޔަ ހަތަރު މައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުނު ކަމަށްވެ އެވެ. މިވާހަކަތަށް މީޑިއާގައި ކިޔައި ދިނީ އަނިޔާ ލިބުނު އަންހެން މީހާ އާއި އެ އާއިލާ މީހެކެވެ.

މިރޭ ޖެންޑަ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މައްސަލައިގަ އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިޖްތިމާއީ އެހީތެރިކަން ދެމުންދާ ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އާއިލާ އާއި އެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ ތަހުގީގަށް އެ މިނިސްޓްރީެ ފަރާތުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

https://twitter.com/MoGFSSmv/status/1331256951548694535

މީޑިއާގައި އެ އަންހެން މީހާ ބުނެފައިވަނީ ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ އަދި ނަސްފާނީ އަނިޔާ ކުރީ އޭނާގެ ފިރިމީހާ އާއި އެ ރަށުގައި ރުގްޔާ ކުރާ މީހާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އޭނާގެ ފިރިމީހާގެ ރަށުގައި އެވެ.

އެ އަންހެން މީހާގެ ގައިގައި ޖިންނި އެއް އުޅޭކަމަށް ބުނެ ރުގްޔާ ކުރަން ފެށީ ބޮލުގައި ރިއްސާތީ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.

އެގޮތުން އެ އަންހެން މިހާ އާއި އޭނާގެ އުމުރުން ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށާއި އެ ކުޑަކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ. އޭނާ އެކަމުން ސަލާމަތްވީ އެ ރަށުގައި އުޅޭ އާއިލާ މީހަކަށް ގުޅޭގޮތް ވެގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ އަންހެން މީހާ ބުނީ ފުލުހާއި ޖެންޑާއަށް ހުށަހެޅުމުންވެސް އެކަން ބެލޭގޮތް ނުވީ ފިރިމީހާގެ ވާހަކަތައް އެމީހުން ގަބޫލު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް