އިޓަލީގައި ކޮވިޑު ޖެހިގެން ބައިލައްކައަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިޓަލީގައި ކޮވިޑު ޖެހިގެން ބައިލައްކައަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އެގައުމުގެ އޮފިޝަނުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިހައިތަނަށް 50،453 މީހުން އެބަލީގައި މަރުވެފައިވާ ކަމަށެވެ. ފާއިތު...

24 Nov 2020 | 10:54

އިޓަލީގައި ކޮވިޑު ޖެހިގެން ބައިލައްކައަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެގައުމުގެ އޮފިޝަނުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިހައިތަނަށް 50،453 މީހުން އެބަލީގައި މަރުވެފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 22،930 މީހުންނަށް އެގައުމުގައި ކޮވީދު ޖެހިފައިވާ އިރު، އެވަގުތުގެ ތެރޭގައި 630 މީހުން ވަނީ މަރުވެފަ އެވެ.

އިޓަލީގައި މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެހެންނަމަވެސް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންނާއި އައިސީޔޫގައި ފަރުވާދޭން ޖެހޭ މިންވަރު އަންނަނީ ދައްވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ހޮސްޕިޓަލުގައި މި ވަގުތު 34،697 މީހުންނަށް ފަރުވާދެމުންދާއިރު، އައިސީޔޫގައި ފަރުވާދެމުން ދަނީ 3،810 މީހަކަށެވެ.

އިޓަލީގައި އެންމެ ޙާލަތު ގޯސްވެފައިވަނީ ލަންބާޑީ ސިޓީގަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސިޓީން 5،289 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. 2 ވަނައަށް އެންމެ ގިނައިން މީހުންނަށް ބަލިޖެހިފައިވާ ވެނެތޯގައިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2،540 ބަލިމީހުންނަށް ބަލި ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް