ކޮފީ މެޝިނަކާއި 100 ކެޕްސޫލް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކެޕިޓާއިން ފަށައިފި

އޮސްޓްރޭލިއާގެ މަޝްހޫރު ޕޮޑިސްޓާ ބްރޭންޑުގެ ކޮފީއާއި ހޮޓް ޗޮކްލެޓް ރާއްޖެއަށް އެތެރެ ކުރާ ކެޕިޓާ މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމ...

24 Nov 2020 | 10:39

އޮސްޓްރޭލިއާގެ މަޝްހޫރު ޕޮޑިސްޓާ ބްރޭންޑުގެ ކޮފީއާއި ހޮޓް ޗޮކްލެޓް ރާއްޖެއަށް އެތެރެ ކުރާ ކެޕިޓާ މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އިންސްޓްގްރާމްގައި އެވެ. ކެޕިޓާއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކުންފުނީގެ ޕޭޖު "ކެޕިޓާ މޯލްޑިވްސް" ފޮލޯ ކޮށްލުމަށް ފަހު އެމީހެއްގެ އަމިއްލަ ސްޓޯރީގައި ހިއްސާ ކޮށްލުމުން ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި އެއްވަނަ އަށްދާ ފަރާތަކަށް އިނާމުގެ ގޮތުގައި ކޮފީ މެޝިނަކާއި 100 ކެޕްސޫލް ލިބޭނެ ކަމަށް ކެޕިޓާއިން ބުނެ އެވެ. ނެސްޕްރެސޯގެ ކޮންމެ މެޝިނަލަށްވެސް މި ކެޕްސޫލް ލައްވާލެވޭނެ އެވެ.

ކެޕިޓާ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި އެ ކުންފުނިން ރާއްޖެ އެތެރެ ކުރާ ކޮފީ އާއި ހޮޓްޗޮކްލެޓަށް ބޭނުން ކޮންމެ ފަރާތަކަށް އޯޑަރު ދެވޭނެ އެވެ. އެގޮތުން 9655540 ނަމްބަރަށް ގުޅައިގެންނާއި ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް އޯޑަރު ދެވޭނެ ކަމަށް ބުނެ އެވެ.

ކެޕިޓާއިން ރާއްޖެ އެތެރެކޮށް ވިއްކަނީ ޕޮޑިސްޓާ ކޮފީގެ ފަސް ބާވަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޑަބަލް ޝޮޓް، އިންޓެންސޯ، ސުޕްރީމޯ އަދި އެރޮމެޓިކޯ އާއި ކެރެމަލް އިންފިއުޝަން އެވެ.

ހޮޓްޗޮކްލެޓްގެ ވިއްކަނީ ހަތަރު ބާވަތެކެވެ. އެއީ ސްޕޫތް އެންޑް ކްރީމް، ކެރެމަލް އިންފިއުޝަން، ހެޒަލްނަޓް އިންފިއުޝަން އަދި މިންޓް އިންފުޝަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް