އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓަށް134 މިލިއަން ރުފިޔާ އިތުރުކޮށް ކޮމިޓީން ބަޖެޓު ފާސްކޮށްފި އެވެ.
ބަޖެޓު ފާސްކުރީ ރޭ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާ ކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ހަރަދުގެ ގޮތުގައި 33.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ.
އެކަމަކު ބަޖެޓު ކޮމިޓީން ދިރާސާ ކުރުމަށް ފަހު ބާޖެޓު ފާސްކުރި އިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ހަރަދުގެ ގޮތުގައި 33.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ބަޖެޓްގައި ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާ އެވެ. އެ އަދަދު ކޮމޓިން ފާސްކުރި އިރު ވަނީ 12.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފައި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓަށް ބަހުސް ކުރަން ފަށަނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ހަތް މިނެޓުގެ ވަގުތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް