މާލޭ ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ މިކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެނދުނު 9:43 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ރިޕޯޓުކޮށްފައިވަނީ ފަޅުތެރޭގައި މީހަކު އޮތް ކަމަށް ބުނެ ކ...

24 Nov 2020 | 05:42

މާލޭ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިކަމުގެ ރިޕޯޓު ކޮށްފައިވަނީ ހެނދުނު 9:43 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ރިޕޯޓުކޮށްފައިވަނީ ފަޅުތެރޭގައި މީހަކު އޮތް ކަމަށް ބުނެ ކަމަށެވެ.

އެމީހާގެ ހަށިގަނޑު ފަޅުތެރެއިން ނެގީ ފުލުހުންނެވެ. ފުލުހުން ބުނީ އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި ހަވާލީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

މަރުވެފައި އޮއްވަ ފެނުނީ އިނގިރޭސިވިލާތުގެ އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ހާދިސާ އތުރަށް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް