އަނބިމީހާ މާބޮޑަށް ފަލަވުމަކީ ފިރިމީހާ ފޫހިވާކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ކެމްބްރިޖް ޔުނިވަސިޓީގެ ދިރާސާ ޓީމަކުން ބުނީ އަނބިމީހާ މާބޮޑަށް ފަލަވުމުން ހަށިގަނޑުން އަސްލު ސިފަ ގެއްލި ހަށިގަނޑުގައި ހިއްލާ ދަލުގައި ނުބައިވަސް ހުންނަ ކަމަށެވެ. އަދި އެގޮތުން ފިރިމީހާ އެފަދަ އަންހެނުންދެކެ ފޫހިވުން އަވަސްކަމަށެވެ.
މި ދިރާސާކުރުމަށް ކެމްބްރިޖް ސެންޓަ ފޯ އޭޖިން އެންޑް ނިއުރޯސައިންސް އިން ވަނީ އުމުރުން 20-50 އަހަރާ ދެމެދުގެ 785 މީހެއްގެ ހާލަތު ދެނެގެންފަ އެވެ. ނިއުރޮބަޔޮލޮޖީ އޮފް އޭޖިންގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނާ ގޮތުން ޗަބީވުން ނުވަތަ އެކަށީގެންވާ ވަރަށްވުރެ ފަލަކޮށް ތިބޭ އަންހެނުން ތެރެއިން 70 އިން ސައްތަ އަންހެނުން އުޅެނީ ފިރިމީހާ ގާތުން ވަރިވެގެން އެކަނިވެރި ހާލަތުގައެވެ.
މިދިރާސާގައި ބައިވެރިވި އަންހެނަކު ކިޔައިދީފައިވާ ގޮތުގައި އޭނާ ގޮވައިގެން ސައިކަލުގައި ބުރުޖަހަން ދާއިރު މަގުމަތިން ފެންނަ ހިކި އަންހެން ކުދިން ދައްކާފައި ބަލާލަބަލާށޭ ހިކިކޮށް ތިބޭ އަންހެން ކުދިން ކިހާރީތިހޭ އޭނާއާއި ދިމާއަށް ފިރިމީހާ ބުނެ އުޅޭ ކަމަށެވެ. އަދި އެވަގުތު ހިތަށް އެތަށް ޒަޚަމްތަކެއް ލިބި ނާއުންމީދު ވާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނީ މީގެ އަހަރުތަކެއް ކުރިން ކައިވެނިކުރި ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭނާ އަކީ ވެސް މަގުމަތިން ފިރިމީހާ މިހާރު ދައްކާ ކަހަލަ ހިކި ރީތި އަންހެން ކުއްޖެއް ކަމަށެވެ. އެކަމަކު މިހާރު ފަލަވުމުން އޭނާގެ ފިރިމީހާ އޭނާ ދޫކޮށް ދިޔައީ ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުން ވަރަށް ގިނަ ފަހަރަށް ފިރިމީހާ އޭނާގެ އަނބިމީހާ އަށް ބޭވަފާތެރިވުމަށް މެދުވެރިވާ ހާލަތެއް ދެމީހުންގެ ދެމެދުގައި އުފެދިގެން ދަނީ އަނބިމީހާ މާ ބޮޑަށް ފަލަވާ ހިސާބުންކަމަށެވެ. އެގޮތުން އަންހެނުން އާންމުކޮށް ފަލަވަނީ ދަރިއަކަށް ބަލިވެއިނުމާ ގުޅިގެން އަންހެން މީހާގެ ހަށިގަނޑުގެ ސިފައަށް އަންނަ ބަދަލުތަކަކާ ގުޅިގެންނެވެ. ޔަގީނަށް ވެސް މިކަން ތަޖުރިބާކުރެވިފައިވާ ގިނަ އަންހެނުންތަކެއް ތިބޭނެއެވެ.
އެހެންވީމަ އަސްލު މައްސަލައަކީ ކޮބައި ހެއްޔެވެ؟ ލޯބިން އެތަކެއް ދުވަހު ލޯބީގެ މާތައް ފޮޅުވުމަށް ފަހު އެތަކެއް ވައުދުތަކަކާއި ހުވާތަކެއް ކޮށް އެތަކެއް ވައުދެއްވެ ކައިވެނީގެ ގޮށްޖަހާ ބައިވެރިޔާ އަށް ފިރިމީހާގެ ބޭނުން އެންމެ މުހިންމުވާ ދަނޑިވަޅުގައި ބައެއް ފިރިހެނުން އަނބިމީހާ ދެކެ ފޫހިވެ އެހެން އަންހެނުންގެ ގާތަށް ދަނީ ކީއްވެ ބާވައެވެ. ނުވަތަ ތިމާ ހިންހަމަ ނުޖެހޭ ވަރަށް އަނބިމީހާ ފަލަވުމުން އަނބިމީހާ މަތިން ކުއްލިއަކަށް ފޫހިވަނީ ކީއްވެ ހެއްޔެވެ؟
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން މިފަދަ ހާލަތްތަކުގައި އަނބިމީހާ އަށް ބޭވަފާތެރިވާ ފިރިންނަކީ އެމީހުންގެ ދިރިއުޅުމުގައި އަބަދުވެސް އޮޅުވާލާ މަކަރު ހަދެމަށް ދެވިހިފާފައިވާ މީހުންނެވެ. އަދި އެކަކަށް ބޭވަފާތެރިވާ ފިރިހެން މީހާ އަނެއް އަންހެން މީހާ އަށް ވެސް ދޯކާދޭނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެހެންވީމަ އަނބިމީހާ ފަލަވުމުންނޭ ކިޔާފަ ފިރިހެންގެ ލޯބިން އަނބިން މަހްރޫމްވާ ކަމަށް ބުނާ ވާހަކައަކީ އޭގައި މުޅިން ހަގީގަތެއް އޮތް ވާހަކައެއް ވެސް ނޫނެވެ. ނިކަން ލޯބިން އެކުގައި އުޅޭ ނިކަން ފަލަ މީހުން ވެސް ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް