ޣައްޒާ މަސްރަޙް: ހައްސާސް މި ދަނޑިވަޅުގައި ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލު އިސްރާއީލު މަޖިލީހަށް ބަލައިގެންފި

ޣައްޒާ މަސްރަޙަށް ބަލައިލާއިރު މިއީ ވަރަށް ހައްސާސް ދަނޑިވަޅެކެވެ. ދެ އަހަރުވީ ހަމާސް-އިސްރާއީލު ހަނގުރާމައިގެ ހަމަލަތައް ބަދަލުކުރުން މެދުކެނޑި ސުލްހައިގެ މަގުޗާޓަކަށް ތައްޔާރުވަމުން އަންނަ މި ދަނޑިވ...

23 Oct 2025 | 23:52
އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ވޯޓަށް އެހި ވަގުތު -

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ވޯޓަށް އެހި ވަގުތު -

ޣައްޒާ މަސްރަޙަށް ބަލައިލާއިރު މިއީ ވަރަށް ހައްސާސް

ދަނޑިވަޅެކެވެ. ދެ އަހަރުވީ ހަމާސް-އިސްރާއީލު ހަނގުރާމައިގެ ހަމަލަތައް

ބަދަލުކުރުން މެދުކެނޑި ސުލްހައިގެ މަގުޗާޓަކަށް ތައްޔާރުވަމުން އަންނަ މި

ދަނޑިވަޅުގައި ފަލަޞްޠީނުގެ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލު މިވަނީ ބަލައިގެންފައެވެ.

އެ ބިލު ބަލައިގަތުމާއިމެދު ގޮތެއް ނިންމުމަށް ނެގި

ވޯޓުގައި 49

މެންބަރަކު ބައިވެރިވިއިރު އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 25 މެންބަރުންގެ

ވޯޓުންނެވެ.

އެ ބިލު ފާސްކުރަނީ ހުޅަނގު އައްސޭރީގައި އެ ބިލު

ފާސްވުމަށްފަހު ހިނގާނީ އިސްރާއީލުގެ ޤާނޫނުކަމަށް ނިންމާ ގޮތަށެވެ.

ހައްސާސް މި ދަނޑިވަޅުގައި އިސްރާއީލުގެ ގާނޫނު

ހަދާ މަޖިލީހަށް ހުށަހެޅި މި ބިލާއިމެދު ހިތްހަމަނުޖެހޭކަން އެމެރިކާއިންވެސް ވަނީ

ބުނެފައެވެ. އެގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އިސްރާއީލުގައި ހުރި

ވަގުތެއްގައި އެފަދަ ބިލެއް ހުޅަހަޅައި ބަލައިގަތުމަށް ފާސްކުރުމަކީ ވޭންސަށްވެސް

ކުރި މަލާމާތެއް ކަމުގައި އިސްރާއީލުން ފުރައިގެން ދަމުން ވޭންސް ބުނެފައިވެއެވެ.

އެ ބިލު ބަލައިގަތުން އަރަބި ޤައުމުތަކުންނާއި ދުނިޔޭގެ

ބައެއް ބޮޑެތި ބާރުތަކުން ކުށްވެރިކޮށްފައިވާއިރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން

ނަތަންޔާހޫ ބުނެފައިވަނީ އެ ބިލަކީ ސަރުކާރު ކޯލީޝަނުން ބަލައިގަންނަ ބިލެއް ނޫން

ކަމަށާއި އެހެންކަމުން އެ ބިލު ފާސްނުވާނެ ކަމަށެވެ.

އެ ބިލު ހުށަހަޅައިގެން އުޅެނީ އޮޒްމާ ޔަހޫދިތް

(ޖުވިސް ޕާޓީ) އަދި ޒަޔަނޫތު ދަތީތް (ޒަޔަނިސްޓް ޕާޓީ) އިސްވެ އޮވެއެވެ.

1967 އިން ފެށިގެން އިސްރާއީލުން ވެރިވެގަނެގެން

އުޅޭ ހުޅަނގު އައްސޭރިއަކީ ފަލަޞްޠީނުގެ ބިމެކެވެ. އދ އާއި އިންޓަނޭޝަލް ކޯޓް އޮފް

ޖަސްޓިސް އިންވެސް އަދި އިސްރާއީލު ގާތްގަނޑަކަށްހެން ހުރިހާ ޤައުމަކުންވެސް ގަބޫލުކުރަނީ

އެ ބިމަކީ އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިމެއް ކަމަށެވެ.

1990ގެ އަހަރުތަކުގައި އެއްބަސްވެފައިވާ އޮސްލޯ

އެކޯޑްސް ބުނާގޮތުން ހުޅަނގު އައްސޭރި ބެހިގެންވަނީ ތިން ސަރަހައްދަކަށެވެ. އެއީ 18

އިންސައްތަ ހިމެނޭ (އޭރިއާ އޭ)، 22 އިންސައްތަ ހިމެނޭ (އޭރިއާ ބީ) އަދި 60 އިންސައްތަ

ހިމެނޭ (އޭރިއާ ސީ) އެވެ.

އޭރިއާ އޭއަކީ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ

ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދެވެ. ރާމަﷲ، ނަބްލޫސް އަދި ބެތްލެހެމް ހިމެނެނީ

އެ ސަރައްދުގައެވެ.

އޭރިއާ ބީއަކީ ޕީއޭ އާއި އިސްރާއީލު ސެކިއުރިޓީ އެކުގައި

ބާރު ހިނގާ ސަރަހައްދެވެ. އަދި އޭރިއާ ސީގެ ފުލް ކޮންޓްރޯލް ދަމަހައްޓައިގެން

އުޅެނީ އިސްރާއީލުންނެވެ. އިސްރާއީލުގެ އާންމު ރައްޔިތުން ވަޒަންވެރި ކުރުވަމުން

ގެންދަނީ އެ ސަރަހައްދުގައެވެ.

ކުރުކޮށް ފޮނިކޮށް ބުނާނަމަ ބައިނަލްއަގުވާމީ ޤާނޫނު

ބުނަނީ ހުޅަނގު އައްސޭރިއަކީ ފަލަޞްޠީނުގެ ބިމެއް ކަމަށެވެ. އަދި 1967 އިން

ފެށިގެން އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް