ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުންނާއި މަޝްވަރާ ކޮށްފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ހެދިކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުންނާއި މަޝްވަރާ ކޮށްފި އެވެ. ހެދިކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުންނާއި މަޝްވަރާ ކުރަން ނިންމީ ހުޅުމާލޭގެ ފްލެޓުތައް...

24 Oct 2020 | 10:58

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ހެދިކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުންނާއި މަޝްވަރާ ކޮށްފި އެވެ.

ހެދިކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުންނާއި މަޝްވަރާ ކުރަން ނިންމީ ހުޅުމާލޭގެ ފްލެޓުތައް ހުންނަ ސަރަހައްދުގައި ހަދާފައިވާ ހެދިކާ ޓެންޓުތައް ކުއްޔަށްދީފައިވާ މުއްދަތު މިދިޔަ މަހު ހަމަވުމާއި ގުޅިގެން އެތަންތަން ނެގުމަށް ނިންމުމަށް ފަހު އެވެ. އެތަންތަން ނަގަން ނިންމި ނަމަވެސް އާންމުންގެ ޝަކުވާ އިތުރުވެފައިވާތީ އަދި އެ މަސައްކަތް ނުފަށައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މަޝްވަރާގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 75 ފަރާތަކުން ނަން ނޯޓު ކުރި ކަމަށެވެ. އެ ފަރާތްތަކާއި އެޗްޑީސީގެ އޮފިޝަލުން ބައްދަލު ކުރީ އެކި ގަޑިތަކަށް މީހުން ބަހާލައިގެން އެ އޮފީހަށް ހާޒިރުކޮށްގެންނެވެ.

އެ ކުންފުނިން ބުނީ އާ ހެދިކާ ޓެންޓުތައް ހެދުމަށް ނިންމާފައިވަނީ ފްލެޓުތަކާއި ދުރު ވަކި ސަރަހައްދެއްގައި ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ހެދިކާ ވިއްކާ ފަރާތްތަކުން ވަނީ ދިރިއުޅޭ ފްލެޓާއި އެ ސަރަހައްދު ދުރުކަމުން ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ކައީގައި ކުދިން ކުޅެން ބައިތިއްބައިގެން ހެދިކާ ވިއްކޭނެ ގޮތެއް ނެތުމުންކަން ފާހަގަކޮށްފައިވާތީ އެޗްޑީސީން ވަނީ އަލަށް ހަދާ ހެދިކާ ވިއްކާ ޓެންޓުތައް ހުންނަ ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަކޮށް ޕާކެއް ހެދުމަށް ނިންމާފައި އެވެ.

މީގެ އިތުރުން ހެދިކާ ޓެންޓުތަކާއި ގުޅޭގޮތުން އާންމުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބަދަލުތައް ގެނެވޭތޯ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުުޅުމާގެ އެކި ސަރަހައްދުތަކުގައި އެޗްޑީސީން ވަނީ 30 ޓެންޓެއް ޖަހާފައެވެ.

އަލަށް ޓެންޓުތައް ހަދާ ސަރަހައްދު ހަދަން ނިންމާފައިވަނީ އެޗްޕީއޭއިން ކަނޑައަޅާ ގަވައިދުތަކާއި އެއްގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް