ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް ރާއްޖޭގައި ހުރެ ބަނގުރޫޓިވިކަން އިއުލާނުކޮށްފާނެކަމުގައި ބެލެވިއްޖެއެވެ.
މިހެން ބެލެވިފައިމިވަނީ އޭނާ ބަނގުރޫޓުވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވުމުންނެވެ. އެ އަޑުއެހުމުގައި ކެޓީ ބައިވެރިވަނީ ރާއްޖޭގައި ހުރެގެން ޒޫމް މެދުވެރިކޮށެވެ.
ކެޓީގެ މެނޭޖަރު މިކަން ހާމަކޮށް ބުނެފައިވަނީ ކެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެ އަންނަނީ އޭނާގެ ފައިސާއިން ނޫން ކަމަށެވެ. އެއީ އޭނާގެ ލޯބިވެރިޔާ ކާލް ވުޑްސްގެ ފައިސާއިން ކަމަށެވެ.
ކެޓީ ވަނީ އޭނާ ބަނގުރޫޓުވެފައިވާކަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިއުލާނުކޮށްފައެވެ. ނަމަވެސް ކޯޓު މަރުހަލާގައި އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ނޮވެމްބަރުގައި ބަނގުރޫޓު ހާލަތު އިއުލާނުކުރި ފަހުން އޭނާ ވަނީ ފަސް ގައުމަކަށް ޗުއްޓީއަށް ގޮސްފައެވެ.
ކުރީގައި މިލްކިއްޔާތުގައި 40 މިލިޔަން ޕައުންޑް ހުރި ކެޓީ ބެންކްރަޕްޝީ އިއުލާނުކުރަން މަސައްކަތްކުރަމުން އަންނައިރު އޭނާ ބުނެފައިވަނީ މިހާރު މިލްކިއްޔާތުގައި ހުރީ ހަމަ އެކަނި ގެއެއް ކަމަށާއި އޭނާ ލޫޓުވާލާފައިވާކަމަށެވެ.
ކެޓީ ޕްރައިސް އާއި އޭނާގެ ލޯބިވެރިޔާ ކާލް ޗުއްޓީއަށް ރާއްޖެއައިސް ރާއްޖޭގައި އުޅޭއިރު، ރާއްޖޭގައި ތިބެ ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ދެ ލޯބިވެރިން ވަނީ ބުނެފައެވެ. ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަށް އިއުލާނުކޮށްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނިކޮށް ކެޓީގެ ދަތްކޮޅު ވަނީ ވެރިފައެވެ.
އެ ދަތްޕިލައަކީ އެ ދެ ލޯބިވެރިން އެންމެ ފަހުން ތުރުކީއަށް ކުރި ދަތުރުގައި ތުރުކީން ޖެހި މަސްނޫއީ ދަތްޕިލައެއް ކަމަށް ކެޓީގެ މެނޭޖަރު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް