އައްޑު ފްލައިން ސްކޫލުން 4 ދަރިވަރުން ވަކިކުރަން ނިންމި، ނިންމުން އެ ސްކޫލުން ބަދަލުކޮށްފި އެވެ.
އެ ސިޓީގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ހަތަރު ދަރިވަރުން ވަކިކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ސްކޫލްގެ ފަރާތުން އެ ދަރިވަރުންނަށް ފޮނުވި މެއިލް އެއްގައި ބުނެފައިވަނީ ވަކިކުރީ ފަރުވާކުޑަވުމާއި، ގަބޫލުކުރެވޭ ވަރަށް އެ ދަރިވަރުންނަށް ކުރިއެރުން ނައުން ކަމަށެވެ.
2018 އަދި 2019 ގައި ސްކޫލަށް ވަތް އެ ދަރިވަރުންނަށް ފޮނުވި މެއިލެއްގައި ސްކޫލުން ވަނީ އެ ނިންމުން އިތުރަށް ރިވިއު ކުރުމުގެ ގޮތުން އެ ނިންމުމަށް އަމަލުކުރުން މިވަގުތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް މިހާރުވަނީ ބުނެފައެވެ.
ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ވެސް މި ހަތަރު ދަރިވަރުން ހިމެނޭ އިރު، އެ ދަރިވަރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ސްކޫލްގެ ކަންކަން ރަނގަޅުކުރުމަށް އިސްނަގާފައިވާ އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފައިވަނީ އެ ހަތަރު ދަރިވަރުންނަކީ ވެސް ޕާފޯމެންސް ރަނގަޅު ދަރިވަރުން ކަމަށެވެ.
އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށް، ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު އިއްޔެ ވަކިކޮށްފައިވާ އިރު، ހަޔަރ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ އެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ ކަމަށާއި މީގެއިތުރުން ވެސް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް ސްކޫލަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް