ފަސްޓް ލޭޑީ އާއި ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމުން ދީފި އެވެ. އެކަމަނާގ...

24 Oct 2020 | 08:14

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމުން ދީފި އެވެ.

އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމަކީ ދަ ލިޓިޖަންޓްސް ލޯ ފާމެވެ.

އެ ފާމުން ނެރެފައިބާ ބަޔާނެއްގައި ބުނެފައިވަނީ "މޯލްޑިވްސް ނިއުސް ނެޓްވޯކް" އޮންލައިން ނޫހުގައި އެކަމަނާ އާއި ގުޅޭގޮތުން ލިޔެފައިވަނީ ދޮގު މައުލޫމާތުތަކަކީ އއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުންނެވެ.

އެ ބަޔާނުގައި ވަނީ ފަޒްނާގެ ނަމުގައި އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުންޏެއްގެ މައުލޫމާތު ހާމަ ކުރުމަކީ ހަބަރު ލިޔުނު ނޫހުގެ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ކުރުމެއް ނެތި ހަމައެކަނި ހިތު ލަފައަށް އެއްޗެއް ޝާއިއުކުރުމުން އެޑިޓަރާއި ނޫހުގެ ފެންވަރު އެނގިގެންދާ ކަމަށެވެ.

ލޯފާމުން ނެރެފުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް އެ ލިިޔުމުގައި ބުނެފައިވާ ކަމަށާއި އެކަމަކު އެއީ ކޮން ފައިސާއެއް ކަމެއް އަދި އެއީ ކޮން ވިޔަފާރިއެއް ކަމެއް ބުނެދީފައި ނެތް ކަމަށެވެ. އަދި އެ ހުރިހާ ތުހުމަތުތަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ބުނީ "މޯލްޑިވްސް ނިއުސް ނެޓްވޯކް" ގެ ތުހުމަތުތަކާއި ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް