ތާޕްސީ ސިސްޓާސް ގޮތަށް ވަރުން ދަވަންވެސް ރާއްޖޭގައި ޖެއްސީ "ބިގިނީ ޝޫޓް، ޓޫ ޕީސަސް އޮންލީ" އެއް !

ބޮލީވުޑް ބަތޮލާ ތާޕްސީ އާއި އޭނާގެ އަންހެން ދެ ކޮއްކޮގެ އިތުރުން ލޯބިވެރިޔާ މަތިއަސް ބޮއެ، ރައްޖޭގައި ޗުއްޓީ ހޭދަކުރިއިރު އެންމެ ތަފާތު ކަމަކަށް ކުރީ ބިގިނީ ޝޫޓްސްގެ ވީޑިއޯ ރިމޭކެއް ހެދުމެވެ. ޗުއްޓީ ހ...

24 Oct 2020 | 00:53

ބޮލީވުޑް ބަތޮލާ ތާޕްސީ އާއި އޭނާގެ އަންހެން ދެ ކޮއްކޮގެ އިތުރުން ލޯބިވެރިޔާ މަތިއަސް ބޮއެ، ރައްޖޭގައި ޗުއްޓީ ހޭދަކުރިއިރު އެންމެ ތަފާތު ކަމަކަށް ކުރީ ބިގިނީ ޝޫޓްސްގެ ވީޑިއޯ ރިމޭކެއް ހެދުމެވެ. ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސްވެސް ބިގިނީ ޝޫޓްގެ ވާހަކަ ދައްކާފައިވެއެވެ.

މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ވަރުން ދަވަންވެސް މިވަނީ ބިގިނީ ޝޫޓެއް ޖައްސާފައެވެ.

https://www.youtube.com/watch?v=rasOEVqK6yc

ހަބަރުގެ ތަފްސީލު އިތުރަށް ގެނެސްދިނުމުގެ ކުރިން، ބިގިނީ ޝޫޓަކީ ކޮބައިކަން ކިޔުންތެރިންނަށް ބުނެލަދޭނަމެވެ.

"ބިގިނި ޝޫޓް" މި ބަހަކީ އެންމެ ފުރަތަމަ 2011 ގައި ވައިގައި ހިފި ބަހެކެވެ. އެއީ 2011ގައި އިންޑިއާގައި ދެއްކި ރިއަލިޓީ ޝޯއެއް ކަމުގައިވާ "އިމޯޝަނަލް އަތްޔާޗާރުގައި" ޕޫނަމް އާއި ކުރި ސުވާލަކަށް ޖަވާބު ދިން އިރު "ބިކިނީ ޝޫޓް" ގެ ބަދަލުގައި "ބިގިނީ ޝޫޓް" މިބަސް ބޭނުން ކުރުމެވެ. އެއީ ޕޫނަމަށް ހަމަ ހަގީގަތުގައިވެސް ނޭނގި ބޭނުން ކުރެވުނު ބަހެއްކަން އެނގުނީ ޝޯގެ ހޯސްޓް ދެވަނަ ފަހަރަށް "ވިޗް ޝޫޓް" ހޭ އެހުމުން "ބިގިނީ ޝޫޓް" "ޓޫ ޕީސަސް" އޮންލީ ކަމަށް ބުނުމުންނެވެ.

2011 ގައި އެ ވީޑިއޯކޮޅު ވައިރަލްވެގެން ގޮސް ވަޅުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް "ބިގިނީ ޝޫޓް" ވައިރަލްވީ ޕޫނަމްގެ އެ ވީޑިއޯކޮޅު ބޭނުންކޮށްގެން  މިއުޒީޝަން އަދި ޕެރޮޑިސްޓް ޔަޝްރާޖް މުކާޓޭ ލަވައެއް އުފެއްދުމުންނެވެ. ތާޕްސީ ސިސްޓާސް ރާއްޖޭގައި ރިކްރިއޭޓް ކުރީ ޔަޝްރާޖް މުކާޓޭގެ "ބިގިނީ ޝޫޓް" ގެ ރީމޭކެކެވެ.

https://www.youtube.com/watch?v=CurwalwuYwc

ވަރުން ދަވަންގެ މި "ބިގިނީ ޝޫޓް" ގެ ކެޕްޝަންގައިވެސް ލިޔެފައިވަނީ "ވިޗް ޝޫޓް، ބިގިނީ ޝޫޓް، ޓޫޕީސަސް އޮންލީ" ކަމަށެވެ. އަދި ވަރުން ވަނީ އޭނާގެ މި ޕޯސްޓްގައި ޔަޝްރާޖް މުކާޓޭވެސް ޓެގްކޮށްފައެވެ.

https://www.instagram.com/p/CGrzy74B98m/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް