ރޫޓް 66 ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ޑީޑީއެފް އަދި ކަންމަތީ ސްޕޯޓްސް ކުލަބް އަށް

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ނިމި ކުއާޓާ ފައިނަލްގެ މެޗުތަށް ރޭ ވަނީ ފަށާފައެވެ...

23 Oct 2020 | 22:20

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ނިމި ކުއާޓާ ފައިނަލްގެ މެޗުތަށް ރޭ ވަނީ ފަށާފައެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް ރޭ ފެށުނު އިރު، ކުއާޓާފައިނަލްގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ރޭ 20:30 ގައި ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޑީޑީއެފް ދި ޖެނެރޭޝަން އާއި ޑީކޭއެންޒެޑް އެވެ. މި މެޗު 3-17 އިން ކާމިޔާބު ކޮށްފައިވަނީ ޑީޑީއެފް އިންނެވެ.

ޑީޑީއެފް އިން ރަނގަޅު ކުޅުމެއް ދައްކާ ފަސޭހަކަމާއި އެކު ކާމިޔާބު ކުރި މި މެޗުގެ ކުޅުން ފެށިގެން ފުރަތަމަ 5 މިނެޓު ތެރޭ ޑީޑީއެފްއިން ވަނީ 4 ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު އެޓީމުން ނިންމާލީ ގިނަ ލަނޑުތަކަކާއި އެކު ލީޑުގައި އޮވެގެން ނެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެ ވެސް މޮޅުކުޅުމެއް ދައްކާ ފައިވާއިރު އެޓީމުން މެޗު ނިންމާލީ ޖުމްލަ 17 ލަނޑާއި އެކުއެވެ. މުޅި މެޗަށް ބަލާއިރު، ޑީކޭއެންޒެޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް މި މެޗުގައި ފެނިގެން ނުދާކަން ފާހަގަ ކޮށްލެވެއެވެ.

މި މޮޅާއި އެކު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ޑީޑީއެފް ވަނީ ވެގެން ގޮސްފައެވެ.

މި މެޗުގައި ޑީޑީއެފް އަށް ލަނޑު ތައް ޖަހައިދިން ކުޅުންތެރިން ނަށް ބަލާއިރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޙުމަދު އަޝްރަފް ވަނީ މި މެޗުގައި 6 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އަޙުމަދު މާއިޝް ވަނީ 7 ލަނޑު ކާމިޔާބު ކޮށްފައެވެ. ބާކީ ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަޖުވަދު، ނާޝިދު އަދި ރަޒާން އެވެ. ޑީކޭއެންޒެޑް ގެ ލަނޑުތަށް ކާމިޔާބު ކޮށްދީފައިވަނީ އަޙުމަދު ރަޝީދް އަދި ޒާއިން ހުސެއިންއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ކަންމަތި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާ އެވެ. މި މެޗު 1-8 އިން ކާމިޔާބު ކުރީ ކަންމަތީ ސްޕޯޓްސް ކުލަބުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗަކީ ފޯރިގަދަ މެޗެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔަމެޗެކެވެ. މެޗު ފެށިގެން ކަންމަތި ސްޕޯޓްސް ކުލަބުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް މެޗު ފެށިގެން ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އެޓީމަށް ގޯލު ޖަހަން އުނދަގޫ ތަކަކާއި ކުރިމަތިވިއެވެ.

ޔުނައިޓެޑް ކިލާގެ ގޯލު އޭރިޔާ ސަރަހައްދަށް ކަންމަތި ސްޕޯޓްސް ކުލަބުން ވަދެގަންނަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ ޔުނައިޓެޑު ކިލާގެ ކުޅުންތެރިން ބީޓު ކޮށް ވަދެވޭގޮތް ނުވެފައެވެ. އެހެން ކަމުން ކަންމަތީން ވަނީ ދުރުން ޔުނައިޓެޑް ކިލާގެ ގޯލާއި އަމާޒުކޮށް ހަމަލާތައް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނައިރުތަކެއް ނުވެ ކަންމަތީ ސްޕޯޓްސް އިން ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ޔުނައިޓެޑް ކިލާގެ ގޯލު ފޫއަޅުވާލާފައެވެ.

މި ލަނޑަށް ފަހު ޔުނައިޓެޑް ކިލާގެ ކުޅުމަށް ކުޑަ ހީނަރުކަމެއް އައިތަން ފެނިގެން ދިޔައެވެ. އެއާއި އެކު ލަންމަތީ ޓީމަށް އިތުރު ލަނޑުތަކެއް ޖެހުމަށް ފަސޭހަވެގެން ދިޔަތަން ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ ފުތަމަ ހާފު ކަންމަތީ ސްޕޯޓްސް އިން ނިންމާލީ 4 ލަނޑާއި އެކުގައެވެ. އަދި މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ އިތުރު 4 ލަނޑު ޖަހާ މެޗުގެ ނަތީޖާ 1-8 އަށް ވަނީ ބަދަލުކޮށްލާފައެވެ.

މި މޮޅާއި އެކު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކަށް ކަންމަތީ ސްޕޯޓްސް ކުލަބް ވަނީ ވެފައެވެ.

މި މެޗުގައި ކަންމަތީ ސްޕޯޓްސް އަށް ލަނޑު ތައް ޖަހައިދިން ކުޅުންތެރިން ނަށް ބަލާއިރު، އަޙުމަދު އަސްވަދު (ގަބޭ) ވަނީ މި މެޗުގައި 4 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އަލީ ހާފިޒް ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ. ބާކީ ލަނޑުތަށް ކާމިޔާބު ކޮށްދިނީ އަރީފް އަދި ޝިފާއު އެވެ. ޔުނައިޓެޑް ކިލާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަލީ އިރުފާދް އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 20:30 ގައި ގޯޅި ސްޕޯޓްސް ކުލަބު އަދި ސުޕަސްޓާރ ބައްދަލުކިރާއިރު، ދެވަނަ މެޗުގައި ބައްދަލު ކުރާނީ

ގޯޅި ޖޭއާރު އާއި އައުޓްރީފް އެސްސީ އެވެ. މި މެޗު ފަށާނީ މިރޭ 21:30 ގައެވެ. މި ހުރިހާ މެޗެއް ވެސް އެފްބީ ލައިވް ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް