ސެމްސަންގް ގެލެކްސީ ނޯޓު 7ގައި އަލިފާން ރޯވާ ވާހަކަ އަކީ ޓެކްނޮލޮޖީގެ ތާރީހުގައި ސެމްސަންގަށް ހިތި މާޒީ އެކެވެ. އެ މާޒީ ހަނދާން ނައްތާލުމަށްފަހު މި އަހަރުގެ ކުރީކޮޅު ނޯޓް 8 މާކެޓަށް ނެރެފައިވާއިރު ކުރީގެ ސެމްސަންގް ކުންފުނީގެ ސްޕެއިން ބްރާންޗުން މިވަނީ ތަފާތު ކަމެއް ކޮށްފަ އެވެ.
އެއީ ސްޕެއިންގެ ސިޓީއެއް ކަމުގައިވާ މެޑްރިޑުން ގަލީސިޔާއަށް ދަތުރުކުރި ފްލައިޓެއްގައި ތިބި 200 ޕަސިންޖަރުންނަށް ހިލޭ ނޯޓް 8 ބެހުމެވެ. މި ފެބްލެޓްތައް ބަހާފައިވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ.
200 ޕަސިންޖަރުންނަށް ހިލޭ ނޯޓް 8 ބަހާފައިވާއިރު ނޯޓް 7 ވެގެން ގޮސްފައިވަނީ ފްލައިޓްތަކަށް އެރުވުންވެސް މަނާ ފޯނެއްގެ ގޮތުގަ އެވެ. އެ ނިންމުން ގިނަ އެއާލައިންތަކުން އޭރު ނިންމީ ފްލައިޓެއްގެ ތެރޭގައި ނޯޓް 7 މަރުކާގެ ފޯނެއްގައި އަލިފާން ރޯވުމުންނެވެ.
ސްޕެއިންގެ ސެމްސަންގް ބްރާންޗުން ނޯޓު އަށެއް މަރުކާގެ 200 ފޯނު، ފްލައިޓެއްގެ ތެރޭގައި ބަހާފައިމިވަނީ އެ ފޯނަކީ އަލިފާން ރޯވުމުގެ މައްސަލަ ނެތް ފޯނެއްކަން ހާމަކޮށްދިނުމަށާއި ޕްރޮމޯޝަނެއްގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް