ސިނަމާލޭ ބްރިޖުމަތިން މޫދަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި

ސިނަމާލޭ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ސިފައިން ސަލާމަތް ކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް އެމީހާ ފުންމާލި ކަމުގެ ރިޕޯޓު ކުރީ ރޭ 12:44 ގައި...

24 Sep 2026 | 04:43
ބްރިޖުމަތިން ފުންމާޅި މީހާ ސިފައިން ސަލާމަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ބްރިޖުމަތިން ފުންމާޅި މީހާ ސިފައިން ސަލާމަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިނަމާލޭ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ސިފައިން ސަލާމަތް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް އެމީހާ ފުންމާލި ކަމުގެ ރިޕޯޓު ކުރީ ރޭ 12:44 ގައި ކަމަށެވެ. ބްރިޖު މަތިން ފުންމާލީ ބިދޭސީ އެކެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޑައިވަރުންނަށް އޭނާ ފެނުނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވަނީ ހަވާލުކޮށްފައެވެ.

މީގެ ކުރިން ބްރިޖުން ފުންމާލަން މަސައްކަތް ކުރި ބައެއް މީހުން ފުންމާލިއަ ނުދީވެސް ހިފަހައްޓާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް