ބްރިޖުގެ އެއްފަރާތުގައި ހުރި ސައިކަލެއްގައި ފަހަތުން އައި ސައިކަލް ޖެހި އެކްސިޑެންޓުވެ، މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި

ސިނަމާލޭ ބްރިޖުގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ މެންދަމު 2:21 ހާއިރު އެވެ. ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ސިނަމާލެ ބްރިޖް ހު...

24 Sep 2026 | 04:28
ބްރިޖުގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް

ބްރިޖުގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް

ސިނަމާލޭ ބްރިޖުގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ މެންދަމު 2:21 ހާއިރު އެވެ. ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ސިނަމާލެ ބްރިޖް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ.

އެކްސިޑެންޓުވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖް އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން މީހާއަށެވެ. އެއީ 30 ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓުގައި އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އެމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް