ބީއެމްއެލްއިން ވިލުފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް އިން ތ. ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި، މުޅި އަތޮޅަށް ދެމުންދާ ބޭންކުގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ. އެ ބޭންކުން ބުނެފައިވާގޮތުގައި މި އައު ބްރާންޗުން ވިލުފުށީގެ ފަރ...

24 Sep 2025 | 07:20
އައު ބްރާންޗުގެ ބިންގާ އެޅުން - ފޮޓޯ: ބީއެމްއެލް

އައު ބްރާންޗުގެ ބިންގާ އެޅުން - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ތ. ވިލުފުށީގައި އާ ބްރާންޗެއްގެ

ބިންގާ އަޅައި، މުޅި އަތޮޅަށް ދެމުންދާ ބޭންކުގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ.

އެ ބޭންކުން ބުނެފައިވާގޮތުގައި މި އައު ބްރާންޗުން

ވިލުފުށީގެ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް

ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ

ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ

ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ

އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ބޭންކުން ހިންގާ "މުޅި ރާއްޖެއަށް

ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވަނީ ވިލުފުށީގައި ސެލްފް ސަރވިސް ބޭންކިންގ

އޭޓީއެމްގެ ޚިދުމަތްވެސް ފަށައިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު

ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ޚިދުމަތްތަ

ކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ

ތެރެއިން ވިލުފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި އައު ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް

ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް މި މުޖުތަމައަށް ގެނެސްދެވިގެންދާނެ" ޝަރީފް

ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި

42 ބްރާންޗް، 173 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 231 އޭޓީއެމްގެ އިތުރުން އެންމެ

ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު

ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން

ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް