ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދައްކަން ކާޑު ލިމިޓް ލިބޭ ގޮތް ބީއެމްއެލްއިން ހަމަޖައްސައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑަށް ލިމިޓް ލިބޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ. ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސ...

25 Jun 2026 | 07:23
N/A

N/A

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑަށް ލިމިޓް ލިބޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް މީގެ ކުރިން ކާޑަށް ލިމިޓް ދެމުން އައީ ކޭސް ބައި ކޭސް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާ އެކު، މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް ވިސާ ފީ ދެއްކުމަށް ބޭންކަށް ހުށަހެޅުމުން ކާޑަށް ލިމިޓް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް