އެޗްޕީއޭ އިން މިހާރު ކުރިއަށް ގެންދާ އިންސްޕެކްޝަންގައި 259 ތަނެއް ބަލައި ފާސްކޮށްފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި އިންސްޕެކްޝަންގައި ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން އުސޫލަށް ނުފެތޭ ކަން ފާހަގަ ކުރެވުނީ އެންމެ ފަސް ތަން ކަމަށެވެ.
އޭގެތެރެއިން 254 ތަން އުސޫލާ އެއްގޮތަށް ހުރި ތަންތަން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 206 ފިހާރަ އާއި 39 ކެފޭ އާއި 6 ސެލޫން އަދި 3 މާރުކޭޓް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އިންސްޕެކްޝަންގައި3 ކެފޭ އެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އުސޫލާ އެއްގޮަތަށް ރަނގަޅު ކުރުމަށް ފިހާރައަކާއި ކެފޭއަކަށް ފުރުޞަތު ދީފައިވާ ކަމަށެވެ.
މިހާތަނަށް އިންސްޕެކްޓް ކުރި ތަންތަނުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ 5 ތަނެއް ފެނިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހަތަރުވަނަ އިންސްޕެކްޝަން ކުރިއަށް ދާނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން އުސޫލާއި ޚިލާފަށް ތަނުގައި ޚިދުމަތްދޭނަމަ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ދެވަނަ ފަހަރު ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް