މިއަދު ޓެސްޓު ކުރި 1،424 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވީ 54 މީހުން

ރާއްޖެއިން އިތުރުން 54 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 50 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅު ތ...

24 Sep 2020 | 17:15

ރާއްޖެއިން އިތުރުން 54 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 50 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.

މިއަދު ޖުމްލަ 1،424 ސާމްޕަލް ޓެސްޓު ކުރި އެވެ. އޭގެ ތެރެއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީންނެވެ.

އެޗްޕީއޭއިން ބުނީ މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 1،301 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން 87 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 8،597 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 9،939 އަށް އަރާފައި އެވެ. އޭގެ ތެރެއިން 34 މީހަކު ވަނީ ކޯވިޑްގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް