7000 ހައުސިންގ ޔުނިޓްގެ ނަރުދަމާގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި  ޤާއިމް ކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ. މިއަދު ހ...

24 Sep 2020 | 13:57

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި  ޤާއިމް ކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފަށްޓަވައިދެއްވީ މިކުންފުނީގެ ޗެއާޕާރސަން އަޙުމަދު މައުސޫމް އަދި މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު އެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ކަނެކްޝަން ގުޅައިދެވިގެންދާނެއެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އިން، މިސަރަހައްދަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލް އާއި 2 ޕަންޕިންގް ސްޓޭޝަން ޤާއިމް ކުރެވިގެންދާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލް ކޮށްފައެވެ. މި މަސައްކަތް ނިމުމުން 7000 ހައުސިންގް ޔުނިޓްގައިވާ އެޕާޓްމެންޓްތަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް