ގަވައިދާ ހިލާފަށް އުޅޭ އިތުރު 200 ބިދޭސިން ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަަސައްކަތް ކުރަމުން ދިޔަ އިތުރު ބިދޭސީންތަކެއް ފުރުވާލައިފި އެވެ. މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު ގަވައިދާ ހިލާފަށް އުޅޭ ބަޔަކު ފުރުވާލާފައި ވަނީ މިއަދު ގައުމީ އެ...

24 Sep 2020 | 11:59

ރާއްޖޭގައި ގަވައިދާ ހިލާފަށް މަަސައްކަތް ކުރަމުން ދިޔަ އިތުރު ބިދޭސީންތަކެއް ފުރުވާލައިފި އެވެ.

މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު ގަވައިދާ ހިލާފަށް އުޅޭ ބަޔަކު ފުރުވާލާފައި ވަނީ މިއަދު ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ. އެ ދަތުރުގައި 200 މީހުން ފުރުވާލި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލެވެންދެން ބައިތިއްބަނީ ސަރުކާރުގެ ކޮންޓެއިންމެންޓް ސައިޓުތަކުގައި އެވެ. މި ސައިޓުތައް ހެދީ ކޯވިޑް-19 އާއި ގުޅިގެން ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނުން މީހުން ހުސްކުރުމުގެ ގޮތުންނެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6،000 އަށްވުރެ ގިނަ ގަވައިދާ ހިލާފަށް އުޅުނު ބިދޭސީން ފުރުވާލާފައިވެ އެވެ. އެންމެންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ފޮނުވާލި މީހުން ފުރުލާފައިވަނީ މޯލްޑިވިއަން އާއި ބީމާން އެއާ އަދި ބަންގްލަދޭޝް އަސްކަރީ މަތިންދާ ބޯޓުތަކުގައި އެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ގަވައިދާހިލާފަށް އުޅޭ 20،000 މީހުން ފުރުވާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް