ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުން: މިނިސްޓަރ ނަހުލާ

ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ މެރިޓައިމ...

24 Sep 2020 | 10:17

ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ މެރިޓައިމް ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚިތާބުގަ އެވެ.

މި ޚިތާބުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިހާރު މަސައްކަތްކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށެވެ. އަދި ސަރުކާރުން ޝިޕިންގ ކުންފުންޏެއް ގާއިމް ކުރުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ހިއުމަން ރިސޯސް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މިނިސްރަުގެ ޚިތާބުގައި ވިދާޅުވީ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެ ކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ މި ދަނޑިވަޅުގައިވެސް ބައެއް ކަހަލަ ކަންކަން ތަންފީޒު ކުރުމަކީ އުނދަގޫ ކަމެއްނަމަވެސް ސަރުކާރުން ޝިޕިންގ ކުންފުންޏެއް ގާއިމްކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ ”ސަސްޓެއިނަބަލް ޝިޕިންގ ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް“ ނުވަތަ ”ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގ އިންޑަސްޓްރީއެއް" މިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް