އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން މޫލީ ޕްލެޓްފޯމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން 15 ޕަސެންޓާއި އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މޫލީ ގެ "ބިގް ޑިވައިސް ސޭލް" އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށް ވާތީ ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށް ބުނެ އެވެ.
މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއާހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް