އެމެރިކާއިން ރާއްޖެއަށް60 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.
ވެންޓިލޭޓަރުތައް ރާއްޖެ އާއި ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. ވެންޓިލޭޓަރުތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ އެމެރިކާ އިން ދިވެހިރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަަލައިނާ ޓެޕްލީޓްޒްއެވެ. ދިވެހިރާއްޖޭގެ ފަރާތުން ވެންޓިލޭޓަރުތަކާއި ހަވާލުވެ ވަޑައިގެންނެވީ ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގެވެ.
މި ރަސްމިއްޔާތު އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އިރު ރާއްޖޭގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމިއްޔާޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކޯވިޑް-19 ސަޕޯޓް ރެސްޕޮންސްގެ ގޮތުގައި މިއަދު ހަވާލުކުރެވުނު ވެންޓިލޭޓަރުތަކަކީ މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހުގައި ކުރެވުނު މަޝްވަރާގެ ނަތީޖާ ކަމަށެވެ.
މީގެ ކުރިން ކޯވިޑާއި ގުޅިގެން އެމެރިކާއިން ވަނީ ދެމިލިއަން އެމެރިކާ ޑޮލަރު ވެސް ހަދިޔާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް