ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެ، ޗައިނާ ދަތުރުތައް ފެށުން މުހިންމު ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ދެއްވި ވީޑިއޯ ރެސެޕްޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރު އަލުން ފަށަންޖެހޭ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ފެށިގެން ދިއުމާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް