ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 7 ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެއީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލްތަކެއް ކަމަށެވެ. އަދި މި ސައިކަލުތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސައިކަލު ހަވާލު ކުރެވިފައި ނުވާތީ ކަމަށެވެ.
ވީމާ މި ސައިކަލްތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޟިރުވެ ސައިކަލާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލްތަކަކީ:
- AA0A P8407
- AA0B P7850
- AA0C P1620
- AA0G P8756
- AA0C P9088
- AA0C P7386
- AA0F P8972
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް