ގުޅީފަޅު ވިއްކާލަން އުޅޭކަމަށް ޝުއައިބު ތުހުމަތު ކުރައްވައިފި

ގުޅީފަޅު ވިއްކާލަން އުޅޭ ކަމަށް މަގާމުން އެކަހެރިކޮށްފައިވާ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެ އެވެ. ވެރިކަން ކުރާ މައި ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި ...

24 Sep 2020 | 06:52

ގުޅީފަޅު ވިއްކާލަން އުޅޭ ކަމަށް މަގާމުން އެކަހެރިކޮށްފައިވާ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީގެ އިސް މަގާމެއްގައި ހުންނަވައި ސަރުކާރަށް ފާޑުވިދާޅުވާން ޝުއައިބު ފެއްޓެވީ އެމްޑީޕީ އާއި ޕާޓީގެ އިސްވެރިންނާއި ދެކޮޅަށް ވާހަކަ ދައްކައި ކާޓޫ ކުރެވި ކަމަށް ބުނާ މައްސަލައެއްގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމުންނެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީއަށް ސިޓީއެއް ފޮނުވައްވާފައި އެވެ.

ޝުއައިބު މިއަދު ޓުވިޓާގައި ވިދާޅުވެފައިވަނީ ގުޅީފަޅަކީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލެއާއި އެންމެ ކައިރީގައި އޮތް ތަން ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ތަން ހިއްކުމަށް ފަހު ބޭރުގެ ބަޔަކަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަނީ ކީއްކުރަންތޯ ސުވާލު ކުރައްވާފައި އވެ.

https://twitter.com/ShuaibMaldives/status/1308982407362641920

އިތުރަށް ވިދާޅުވެފައިވަނީ ގުޅީފަޅު ވިއްކާލާ އެގްރީމަންޓުތަކުގައި ސޮއިކުރަން ތައްޔާރުވަމުން އަންނަކަމަށެވެ. ދެ އާއިލާގެ ދެމެދުގައި ހިނގާ ވެރިކަމުގެ ބާރުތައް ވަކިކުރުމުމާއި ބޮޑުވަޒީރުގެ އަރާރުން ހިންގަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް