ލީގް ކަޕް: ހަވާޓްޒްގެ ހެޓްރިކާއެކު މޮޅުވެ ޗެލްސީ ހަތަރުވަނަ ބުރަށް

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ޗެލްސީ އާއި ބާންސްލޭ ބައްދަލު ކުރި މެޗު ވަރަށް ފަސޭހަ ކަމާއި އެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު...

24 Sep 2020 | 05:45

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ޗެލްސީ އާއި ބާންސްލޭ ބައްދަލު ކުރި މެޗު ވަރަށް ފަސޭހަ ކަމާއި އެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-6 ހެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޗެލްސީފެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި ފަހަރުގެ ސީޒަނަށް އަލަށް ޗެލްސީއާއި ގުޅިފައިވާ ކައި ހަވާޓްޒް ވަނީ ހެޓްރިކް ހަދާފައެވެ.  މި މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި އިރު 28 ވަނަ މިނެޓް ގައި ޗެލްސީއިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މޭސޮން މައުންޓުގެ އެހީ އާއެކު ކާމިޔާބު ކުރީ ހަވާޓްޒް އެވެ.

މެޗުގެ ފުރަތަމަ ހާފް ޗެލްސީން ލީޑުގައި އޮވެ ނިމުނު އިރު، ދެވަނަ ހާފަށް ނިކުމެ ޗެލްސީން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި ރޮސް ބާކްލޭ ތިން ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ ހަމިނެޓް ފަހުން އަބްރަހަމްގެ އެހީ އާއެކު ހެވާޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ޗެލްސީގެ ފަސް ވަނަ ލަނޑަކީވެސް އަބްރަހަމްގެ އެހީއާއެކު ހެވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއި އެކު ހެވާޓްޒް ހެޓްރިކް ހެދިއިރު މެޗުގެ ފަހު ލަނޑު ޗިލްވެލްގެ އެހީ އާއެކު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލިވާ ޖިރޫއެވެ.

ރޭގެ މި މެޗަކީ ލީގް ކަޕުގެ ތިންވަނަ ބުރުގެ މެޗެކެވެ. އެހެން ކަމުން ރޭގެ މެޗުން މޮޅުވެ ޗެލްސީން ވަނީ ލީގް ކަޕްގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް