ޔޫއެފާ އިން ހޮވާ އެންމެ މޮޅު ކޯޗުންގެ އެވޯޑަށް ފްލިކް، ކްލޮޕް އަދި ނާގެލްސްމަން ނޮމިނޭޓް ވެއްޖެ

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ 10 ކޯޗުންގެ ނަން އިއުލާން ކޮށްފިއެވެ. ޔޫއެފާއިން އާންމުކުރި ލިސްޓަކީ 55 ނޫސްވެރިން ނާއި ޔޫއ...

24 Sep 2020 | 05:32

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ 10 ކޯޗުންގެ ނަން އިއުލާން ކޮށްފިއެވެ.

ޔޫއެފާއިން އާންމުކުރި ލިސްޓަކީ 55 ނޫސްވެރިން ނާއި ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ޔޫރޮޕާ ލީގުގައި ވާކުރާ 80 ކުލަބުތަކުގެ ކޯޗުން ނާއި އަދި ޔޫރަޕިއަން ސްޕޯޓްސް މީޑިއާ ގްރޫޕުގެ އިތުރުން ޔޫއެފާ މެމްބަރ އެސޯސިއޭޝަންގެ މެމްބަރުންގެ ޕެނަލަކުން ހޮވާފައިވާ ކޯޗުންނެވެ. އެ ކޯޗުން ހޮވުމުގައި ބަލާފައި ވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 17 ވަނަ ދުވަހުން ފެށިގެން 2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކޯޗުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.

މިފަހަރުގެ އެވޯޑްގައި އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ބަޔާނަށް ތިން ތަށި ކާމިޔާބުކޮށްދިން ހަންސީ ފްލިކް އާއި ލިވަޕޫލަށް 30 އަހަރަށް ފަހު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިދިން ޔާގެން ކްލޮޕް އަދި ޖަރުމަނުގެ އާރުބީ ލައިޕްޒިގް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިން ޒުވާން ކޯޗު ޖޫލިއަން ނާގެލްސްމަން އެވެ. މި އެވޯޑް ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ބަޔާނަށް ތިން ތަށި ކާމިޔާބުކޮށްދިން ކޯޗު ފްލިކް އެވެ.

މި ލިސްޓުން އިތުރަށް ޖާގަ ލިބިފައިވާ ކޯޗުންގެ ތޭގައި ހިމެނެނީ :

4. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް (76 ވޯޓް)

5. އެޓަލާންޓާގެ ކޯޗު ގިއެން ޕއެރޯ ގަސްޕެރީނީ (68 ވޯޓް)

6. ސެވިއްޔާގެ ކޯޗު ލުއިސް ލަޕޮޓެގީ (57 ވޯޓް )

7. ލިޔޯންގެ ކޯޗު ރުޑީ ގާސިއާ (32 ވޯޓް)

8. ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދިން ޒިދާން (25 ވޯޓް)

9. ސިޓީގެ ކޯޗު ޖޯސެފް ގާޑިއޯލާ (11 ވޯޓް)

10. އިންޓަމިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (9 ވޯޓް)

މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކޯޗުގެ މަގާމް ހޮވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް