އިންޑިއާގެ ބޮލީވިޑަކީ މަސްތުވާތަކެތީގެ ހާއްޔެއް ކަމަށް ބުނެ ކުރެވުންދާ ތުހުމަތުތަކުގައި އެންމެ ބޮޑަށް ބެދެމުން ދަނީ ކާމިޔާބު ބަތަލާ ދިޕިކާ ޕަދުކޯން އެވެ.
ދިޕިކާ މަސއްތުވާތަކެތި ބޭނުން ކުރާކަން ހާމަ ކުރީ ބޮލީވުޑާއި ގުޅުން ހުރި ހުރިހާ ކަމަކަށް އަނގަބާނާ ބަތަލާ ކަންގަނާ ރަނާވަތެވެ. މަސްތުވާތަކެތި ބޭނުން ކުރި ކަން ފުލުހުންނަށް ސާބިތުކޮށްދެވިއްނަމަ ބޮލީވުޑާއި މުމްބާއީ ދޫކޮށް ދާނެ ކަމަށް ކުރިން ބުނެފައިވާ ކަންގަނާ އެންމެ ފަހުން ވަނީ އޭނާގެ ޅަ އުމުރުގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އެއްބަސްވެފައި އެވެ.
ދިޕިކާއަށް ތުހުމަތު ކުރެވެމުންދަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލް ބޭނުން ކުރާ ކަމުގެ ތުހުމަތެވެ. އަދި ބޮލީވުޑް ތަރިންތަކެއް ބައިވެރިވި ޕާޓީއެއްގައި އޭނާ މަސްތުވެގެން ހުއްޓަ ނަގާފައިވާ ފޮޓޯތަކެއްވެސް އާންމުވެފައިވެ އެވެ.
މީގެ އިތުރުން އޭނާގެ މެނޭޖަރަށް ގުޅައި އެ ޕާޓީއަށް ހޭޝް އޮއިލް ގަނެގެން ޑެލިވަރީ ކުރުމަށް އެދި ފޮނުވާފައިވާ ވަޓްސްއެޕް މެސެޖުތަކެއްވެސް ވަނީ ލީކުވެފައި އެވެ. މީގެ އިތުރުން އެނޫން ދުވަސްތަކުގައި މެނޭޖަރުގެ ކިބައިން މަސްތުވާތަކެތި ހޯދުމަށް އެދިފައިވާ ޗެޓް ލޮގްތައް ލީކުވެފައިވެ އެވެ.
މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ދީޕިކާގެ މަސްތުވާތަކެތީގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު މިހާތަނަށް އޭނާގެ ބަޔާން ނަގާފައެއް ނުވެ އެވެ. އެކަމަކު ދީޕިކާ މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބުނާ އެ ޕާޓީގެ ވީޑިއޯ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ ދީޕިކާގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލައިގަ ޖަވާބުދާރީވާން ތައްޔާރުވަމުންދާ ކަން މީޑިއާގައި ވަނީ ހާމަކޮށްފައި އެވެ.
ދީޕިކާއަށް މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރަމުންދާއިރު އޭނާ މިވަގުތު ހުރީ ގޯއާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް