އެމެރިކާގެ ޓައިމްސް މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ބޮލީވުޑްގެ ބަތަލް އަޔޫޝްމަން ކުރާނާ ހިމެނިއްޖެ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނުމުން އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އެއީ ލިބުނު ޝަރަފެއް ކަމަށެވެ. އެ ލިސްޓުގައި ހިމެނުނު ބޮލީވުޑްގެ ހަމަ އެކަނި ތަރިއަކީ އެއީ އެވެ.
އޭނާ އެ ލިސްޓުގައި ހިމެނިފައިވަނީ އާޓިސްޓުންގެ ބައިންނެވެ. އަޔޫޝްމަނާއި އެކު އިންޑިއާ މީހުންގެ ތެރެއިން އެ ލިސްޓުގައި ދެން ހިމެނުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
އަޔޫޝްމަން އެ ލިސްޓުގައި ހިމެނުމުން އޭނާ ބުނީ އަބަދުވެސް މުޖުތަމައު ހޭލުންތެރިކޮށް ޕޮޒިޓިވް ކަމެއް ކޮށްދެވޭތޯ ކަމަށެވެ. މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް ސިނަމާގެ ބާރަކީ އަބަދު ވެސް އޮންނަ ބާރެއްކަމަށް އޭނާ އަބަދުވެސް ގަބޫލުކުރާ ކަމަށް އަޔޫޝްމަން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް